ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން ބިދޭސީއެއް ހައްޔަރުކޮށްފި

ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން ބިދޭސީއެއް ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
18 އޮކްޓޯބަރ 2020 11:20
0

ށ.ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާއި ގުޅިގެން ބިދޭސީއެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

 

ފުލުހުން ވިދާޅުވީ ފޯކައިދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވަނީ އިއްޔެ ރޭ 19:10 ހާއިރުކަމަށެވެ.

މިމައްސަލައާއި ގުޅިގެން ޢުމުރުން 43 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށާއި، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިމައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤްކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.