ބެންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ މަގު ބައްތި ހަރުކޮށްފި އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ 2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ 50 ބައްތި ހަރުކޮށްފައި ވާކަމަށް ބެންކުން ބުނެއެވެ.
މި ޕްރޮޖެކްޓަކީ އެރަށު އިބްރާހިމް ނިޝާމް އަޙްމަދު ހުށަހެޅި ޕްރޮޕޯސަލްގެ މައްޗަށް ހިންގި ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިޝާމް ވިދާޅުވީ މަގުބައްތި ހަރުކުރި ސަރަހައްދުތަކަކީ މީގެ ކުރިން އެއްވެސް ލައިޓެއް ނުހުންނަ ސަރަހައްދުތަކެއް ކަމަށެވެ. އަދި ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކަމުގެ ފަންނުވެރި ރަށުގެ ޒުވާނުންކަމަށް ނިޝާމް ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާކުރާނެ. މީގެ ތެރޭގައި ދަނޑުވެރިންނާއި، ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކްދާ މީހުންވެސް ހިމެނޭ. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލުން ވެދެއްވި މާލީ އެހީތެރިކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދިވެސް މި ފަދަ ރަށުގެ ތަރައްޤީއަށް ފަހިވާނެ އިތުރު ޕްރޮޕޯސަލްތައް ހުށައެޅުމުގެ ވިސްނުން އަޅުގަނޑުމެން ޒުވާނުންގެ އެބަހުރި."
– ނިޝާމް
Sh. Goidhoo is reducing their carbon footprint, starting with the installation of 50 solar powered streetlights on the main road leading to natural parks and picnic areas! ?
This road is also frequently used by farmers, palm leaf weavers, and ‘kanamadhu’ collectors. pic.twitter.com/9V1BrA7qUb
— Bank of Maldives (@bankofmaldives) April 8, 2021
'އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބެންކް އޮފް މޯލްޑިވްސް އިންވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައްވެސް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފަ އެވެ.