މާލޭ މޭޔަރުގެ ގޮޑި ޕީޕީއެމްއަށް ދޭންޖެހޭ ސަބަބުތައް މަލީހު ވިދާޅުވެއްޖެ

މާލޭ މޭޔަރުގެ ގޮޑި ޕީޕީއެމްއަށް ދޭންޖެހޭ ސަބަބުތައް މަލީހު ވިދާޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 12:43
0

ހިނިހިރު ދުވަހު ބޭއްވޭ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތެރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގޮޑި ޕީޕީއެމްއަށް ދޭންޖެހޭ ސަބަބުތައް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަށް ސަރުކާރުން ކުރިމަތި ކުރަމުންދާ ފިއްތުންތަކާއި ދުއްތުރާ ތަކާއިއެކުވެސް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިންތިޚާބުގައި މުއިއްޒުއަށް ވޯޓު ދޭންވީ ސަބަބުތަކާއި ގުޅޭގޮތުން މަލީހު ވިދާޅުވީ އެންމެ ބޮޑު އެއްސަބަބަކީ މާލެ ސިޓީގެ ފުރިހަމަ ކޮންޓްރޯލް އެމްޑީޕީއަތުގައި އޮންނަތާ 11 އަހަރު ވެގެންދާއިރު މާލެ ސިޓީއަށް، މާލޭގެ ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ސިޓީ ކައުންސިލް އޮވެގެން ވެފައި ނުވާކަމަށެވެ.

މިއަދު ސިޓީ ކައުންސިލާއި، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޖުޑީޝަރީގެ ބާރު ސަރުކާރަށް ދީގެންވެސް ވާހަމަ އެއްވެސް ކަމެއް ނެތްކަން ދިވެހި ރައްޔިތުން ގަބޫލު ކުރާކަމަށް މަލީހު ވިދާޅުވިއެވެ. މިއަދު އެމްޑީޕީ ކެނޑިޑޭޓުންނަކީ ވިއްކަން އުދަގޫ އަދި ބަލައި ގަންނަން ފަސޭހަ ކެނޑިޑޭތުންނަށް ނުވަނީ މިސަބަބުތަކަށްޓަކައި ކަމަށް މަލީހު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމުގެ ގޮނޑި ފުރަތަމަ ފަހަރަށް ޕީޕީއެމުން ކާމިޔާބު ކުރާނީ މިހެންވެ. 1. ފާއިތުވި 11 އަހަރު ނަތީޖާ ނުނެރެވުން. 2. ވެރިކަމާއި މަޖިލިސް ދިނީމަ ބަހަނާ ދައްކާތީ. 3. އެމްޑީޕީ ކެންޑިޑޭޓް ވިއްކަން އުދަގޫވުން. މިފަހަރު އެމްޑީޕީ އާންމު މެމްބަރުން ލީޑާރ ޝިޕު ހޭލައްވާލާނެ.

– މަލީހު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގައި އެމްޑީޕީ އޮވެ އުފެއްދުންތެރި މަސައްކަތެއް ނުކުރެވި މާލޭގެ ރައްޔިތުން ބޭނުންވިފަދަ އެއްވެސް ބަދަލެއް މާލެއަށް ގެނެވިފައި ނުވުމަކީ މާލޭ ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވެގެންދިޔަ އެންމެ ބޮޑު ސަބަބެވެ. އަދި ސަރުކާރު ގެނައުމަށް އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތާއި ގާތަށްވެސް ނަތީޖާނުނެރެވޭކަމަށް ބުނެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ދަނީ ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.