މާލެ 11 އަހަރު ހިސޯރުކޮށްގެން ނުކޮށްދެވުނު ކަމެއް ދެންވެސް ނުކުރެވޭނެ: މުސްތަފާ

މާލެ 11 އަހަރު ހިސޯރުކޮށްގެން ނުކޮށްދެވުނު ކަމެއް ދެންވެސް ނުކުރެވޭނެ: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 11:35
0

މާލެ ސިޓީ ކައުންސިލް 11 އަހަރު ވަންދެން އެމްޑީޕީގެ ކައުންސިލް ހިސޯރުކޮށްގެން އުޅުއްވިއިރު ނުކޮށްދެވުނު އެއްވެސް ކަމެއް އެމްޑީޕީގެ ކައުންސިލަކަށް ފަހަކުވެސް ނުކޮށްދެވޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެނޑިޑޭތުންގެ ތެރެއިން އިދިކޮޅު ކެނޑިޑޭޓް ޑރ.މުއިއްޒަށް ތާއީދު ކުރައްވައި މުސްތަފާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލް 11 އަހަރު ވަންދެން އޮތީ އެމްޑީޕީގެ މުށު ތެރޭގައިކަމަށެވެ. ނަމަވެސް މާލެ ސިޓީގެ ތަރައްޤީއަށް އަދި ކުރިއެރުމަށްވެސް އެމްޑީޕީ ކައުންސިލަށް ކުރެވުނު ކަމެއް ފެންނާކަށް ނެތްކަމަށް މުސްތަފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ފެންނަންހުރި ތަރައްޤީއަކީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކޮށްދެއްވި ކަންތައްތަކެއްކަމަށެވެ. މާލެ ސިޓީއަށް ކިތަންމެ ވަރަކަށް އެމްޑީޕީއަށް ފުރުސަތު ދިންނަމަވެސް މިހާތަނަށްވެސް ނުކުރެވުނު ކަމެއް ފަހަކުންވެސް ނުކުރެވޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް 11 އަހަރު ވަންދެން ހިސޯރު ކޮށްގެން ތިބިއިރު ނުކޮށް ދެވުނު ކަމެއް އިތުރަކަށް ނުކޮށްދެވޭނެ! ޑރ.މުއިއްޒު ކުރި ހޯއްދަވާފައިހުރީކީ ހަމައެކަނި އިލްމީ ރޮގަކުންނޫ. މުއްސަދި ތަޖުރިބާ ތަކާއިވެސްއެކު. މާލެ ސިޓީ އަށް ހެޔޮ ބަދަލަކަށް މުއިއްޒުއަށް ވޯޓު ދެއްވުން އެދެން.

– މުސްތަފާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ވޯޓަކީ އެންމެ ވާދަވެރި އެއް ވޯޓެވެ. މި އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ޑރ.މުއިއްޒާއި ދެކޮޅަށް މުޅި ސަރުކާރު ނިކުމުގެ ކެމްޕެއިން ކުރަމުންދާއިރު، މި އިންތިޚާބު މުއިއްޒު ބޮޑު ތަނުން ކާމިޔާބް ކުރައްވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.