ބޯހިޔާވަހިކަމަށް 50 އަހަރުތެރޭ އެންމެ ބޮޑު ބަދަލުގެނައި ވެރިޔަކީ ރައީސް ޔާމީން

ބޯހިޔާވަހިކަމަށް 50 އަހަރުތެރޭ އެންމެ ބޮޑު ބަދަލުގެނައި ވެރިޔަކީ ރައީސް ޔާމީން

Author
މުޙައްމަދު ޝަޒައިމް
06 އޭޕްރިލް 2021 11:16
0

ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ތާރީހުގައިވެސް މިހާތަނަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވާފައިވާ ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމުގައި އެމަނިކުފާނުގެ ފުރަމަ ނާއިބް ރައީށް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެވި ދައްކަވަމުންދާ ހުސްވާހަތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ފިކުރާއި ސިޔާސަތަކީ ރައްޔިތުންނަށް އިތުބާރު ހޯދައިދީ، ޔަގީގްކަން ގެނުވި ޕާޓީކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށްފަހުވެސް ރައްޔިތުން އެދޭފަދަ ތަރައްޤީ އެއް ގެނުވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަކީ ބޯހިޔާވަހިކަމަށް އެންމެބޮޑަށް ބޭނުންވެފައިވާ ރައްޔިތުން ތިބި އެއް ސިޓީއަށްވާއިރު އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށްދޭން އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސް ޔާމީންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. މިސަބަބަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައްޔިތުންނަށް ކަންކަން ކޮށްދެވޭ ފިކުރުގެ ބޭފުޅުންނަށް ވޯޓު ދިނުމަކީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

އާ ޤާނޫނުއަސާސީ އަށްފަހު މާލޭ ރަށްޔިތުން އިޙްޞާސްކުރީ ރައީސް ޔާމީން ވެރިކަމުގަ. ބޯހިޔާވަހިކަމަށް 50 އަހަރުތެރޭ އެންމެ ބޮޑު ބަދަލުގެނައި ހަމައެކަނި ވެރިޔަކީ އެއީ. އިތުބާރުކުރެވޭ ލީޑަރ/ޕާޓީއަކީ ޕީޕީއެމް. އަދި މިކަންކުރެވޭ ރައީސް ޔާމީން/ޕީޕީއެމް. ރައްޔިތުންގެ ވޯޓު ޙައްޤީ މިޕާޓިއަށް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވާ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ހުޅުމާލޭގައި 7،000 ހައުސިން ޔުނިޓް އެޅުމާއި، އަތޮޅު ތެރޭގައިވެސް ގިނަ އަދަދެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީންގެ ހިޔާ މަޝްރޫޢުގެ މަސައްކަތް ނިމި ފްލެޓް ހަވާލުކުރަން ތައްޔާރު ވެފައި ވަނިކޮށް ވެރިކަން ބަދަލުވެ މިސަރުކާރުގެ މިވީ ދެ އަހަރުގެ ތެރޭގައިވެސް މި ފެލެޓްތައް އޭގެ ހައްގު ވެރިންނަށް ދެވޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.