މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި މީމު މަސް ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށައިފިއެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި، މ. މުލަށް ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ 29 މާރިޗް 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 90.411 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢަކީ 66.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަހުގެ ތެރޭގައެވެ.

މީމު މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ 11 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 240,22 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 640,8 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90.68 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 200,3 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މި މަޝްރޫޢަކީ 13.56 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ