ޔޫސޭގެ ތާއީދު މުޢިއްޒުއަށް، ވިދާޅުވަނީ އެއީ ދެވަނަ އުމަރު ޒާހިރުކަމަށް

ޔޫސޭގެ ތާއީދު މުޢިއްޒުއަށް، ވިދާޅުވަނީ އެއީ ދެވަނަ އުމަރު ޒާހިރުކަމަށް

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2021 11:00
0

މަޝްހޫރު ފިލްމީ ތަރި ކޮމޭޑިޔަން، ޔޫސުފް ރަފީޢު (ޔޫސޭ)ގެ ތާއީދު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ކުރިމަތިލައްވާ ޑރ. މުއިއްޒުއަށް ކުރެއްވުމަށް ނިންމަވައިފި އެވެ.

މުއިއްޒުއަށް ތާއީދު ކުރިކަން ހާމަކުރެއްވުމަށްފަހު ވައި މުއިއްޒު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޔޫސޭ ވިދާޅުވީ މުއިއްޒުއަކީ މާލޭގެ ތަރައްޤީގެ ދެވަނަ އުމަރު ޒާހިރުކަމަށެވެ. މާލޭގެ ތަރައްޤީއަށް އުމަރު ޒާހިރު މަސައްކަތް ކުރެއްވި ގޮތަށް، މިހާތަނަށް މަސައްކަތް ކުރައްވާތަން ފެނުނީ މުއިއްޒުކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޔޫސޭ ވިދާޅުވީ ޑރ. މުއިއްޒުއަށް ތާއީދު ކުރެއްުވުމަށް ނިންމެވީ ވަރަށް ގިނަ ސަބަބުތަކަށްޓަކައި ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ތަރައްޤީއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކުރެއްވި މަސައްކަތްތަކަކީ އެންމެބޮޑު ސަބަބުކަމަށެވެ. އިންޑަސް ޓްރިއަލް ޒޯނާއި، މާލޭގައި ހެދިފައިވާ ޕާކްތަކާއި، މައިޒާންތަކާއި، މަގުތަކާއި، ބްރިޖާއި، ހޮސްޕިޓަލުތަކާއި މިސްކިތްތަކަކީ މުއިއްޒުއަށް ވޯޓުދޭންޖެހޭ ފެންނަންހުރި ބޮޑެތި ތަރައްޤީކަމަށް ޔޫސޭ ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަނުން ވާދަކުރާ ޑރ.މުއިއްޒަށް މާލޭގެ ކަމުވޮށިވެގެންވާ ގިނަ މީހުންދަނީ ތާއީދުކުރާކަން ހާމަކުރަމުންނެވެ. އަދި މުއިއްޒުއަކީ ރައްޔިތުންގެ ހައްގުގައި މަަސައްކަތް ކޮށްދެއްވާނެ މީހެއްކަމާއިމެދު ޝައްކެއް ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުއިއްޒު ވިދާޅުވެފައިވަނީ މި އިންތިޚާބަކީ މާލޭގައި ހުރި މައްސަަލަތައް ހައްލުކުރުމަށް އިހުލާސްތެރި ނިޔަތެއްގައި ވާދަކުރައްވާ އިންތިޚާބެއްކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މަސައްކަތް ކުރައްވާނީ މާލޭގެ ރައްޔިތުންނާއި ކައިރިން ތަރައްޤީ ގެނެސް ދިނުމަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒުބައިރު
އެންމެންވެސް ގާބިލު މީހުންނައް އިސްކަންދޭންވީ
ނ ނިޒާރު
PNC ge leader ge thaaeedhu ves Muizzu asho adhi kurin TVM hingan ulhunu Khaleel aai Ikraam ge thaaeedhu ves hama Muizzu asho. Mihaaru gotheh nunimifa huree kureege Madam ahsho