މެމްބަރުންގެ ދާއިރާ ދަތުރުތައް ރަސްމީ ދަތުރުކަށް ހެދުމުން، ބޮޑެތި ފާޑުކިޔުން

މެމްބަރުންގެ ދާއިރާ ދަތުރުތައް ރަސްމީ ދަތުރުކަށް ހެދުމުން، ބޮޑެތި ފާޑުކިޔުން

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2021 02:05
0

ރައްުޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރާދަތުރުތަކަކީ ރަސްމީ ދަތުރުކަށް ހެދުމުން، ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިވާކަން ހާމަކުރައްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއެވެ.

މަޖިލީހުގެ ރައީސް ވިދާލުވީ، ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތާއެކު، އެކަން ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެކަމަށެވެ. އަދި މެންބަރުން ކުރައްވާ ދަތުރުފުޅުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރުފުޅެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަކީ މިހާރުވެސް މުސާރަބޮޑު ބަޔަކަށްބާއިރު އިތުރު އިނާޔަތްތަކާއި، ތަފާތު ނަންނަމުގައި މަޤާމުގެ ބޭނުންކޮށް ނާޖައިޒް އިނާޔަތް ނަގާތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް މަޖިލިސް މެމްބަރުން އަމިއްލަ ދާއިރާއަށް ދާކޮންމެ ދަތުރަކީ ރަސްމީ ދަތުރަކަށް ހަދައި، މެމްބަރުންނަށް އިތުރު އިނާޔަތެއް ކަނޑައެޅުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.

މިކަމާއިގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ލަދު ޙަޔާތް ކުޑަވުމަކީ ކަމަށް އަހްލުވެރި ނޫން މީހުންގެ ވަރަށް ޚާއްޞަ ސިފައެއްކަމަށެވެ. ދައުލަތުގެ މާލިއްޔާއިން މިހާރުވެސް ބޮޑު އިނާޔަތްތަކެއް ކަނޑައަޅުއްވައިގެން ތިއްބެވި މެމްބަރުންނަށް ލިބޭ އިނާޔަތްތަކާއި މުސާރަ ކުޑަވެގެން އިތުރު ފައިސާ ހޯދުމަށް ކުރާ މަަސއްކަތަކީ ވަރަށް ނާތަހުޒީބު ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަށް ކިޔަނީ ޙައްދު ފަހަނައަޅައި ދިޔުން، މެންބަރުންނޭ މިކިޔާ މީހުންނަށް ދައުލަތުގެ މާލިއްޔަތާ ނުބައްދަލު މުސާރައާއި ޢިނާޔަތްތައް ކަނޑައަޅައިފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިޢާޔަތްކޮށް؛ އެވަރުން ނުފުދިގެން ޤާނޫނާ ޚިލާފަށް ކޮމިޓީ ޢިނާޔަތޭ ކިޔާ އެއްޗެއް ނަގަންފެށި. މިހާރު އެ އުޅެނީ ދައުލަތުގެ ބަޖެޓުން ނުސީދާ ޢިނާޔަތްތަކެއް “ރަސްމީ ދަތުރު” ގެ ނަމުގައި ނަގަން. ނާޤާބިލު، އަދި ކަމަށް އަހްލުވެރި ނޫން މީހުންގެ ވަރަށް ޚާއްޞަ ސިފައެއް ލަދު ޙަޔާތް ކުޑަވުން.

– ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މެމްބަރުން ދާއިރާތަކަށް ކުރާ ދަތުރުތައް ރަސްމީ ކރަން ކުރައްވާ މަސައްކަތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މިއީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ނިންމާ ނިންމުމެއްކަމަށެވެ. މެމްބަރުން އަމިއްލަ ދާއިރާއަށާއި، އާއިލާއާއި، ތިމާގެ މީހުންގެ ކައިރިއަށް ދާއިރު ޚަރަދު ދައުލަތުން ކުރުމަކީ އެއީ ކުރެވޭނެ ކަމެއްނޫންކަމަށެވެ.

މެންބަރުން އަމިއްލަ ޕާޓީ، އާއިލާ، ގެދޮރަށް ކުރާ ދަތުރު ޚަރަދު ނެގުމަކީ ޤާނޫނާ ޚިލާފް ކަމެއް. ވެރިކަންކުރާ ޕާޓީ ބޭނުންހާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެ.ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރުކަމެއް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

މަޖިލީހުން މިފަދަ ނިންމުއް ނިންމަވާފައިވާއިރު، މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ކުރީކޮޅު އެމްޑީޕީން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ބޭއްވި ދެކުނު މަހާސިންތާއަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގއ.ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގައި މަހާސިންތާގައި ނުހިމެނޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަޖިލީހުގެ ބަޖެޓުން ހޭދަކުރި ހަތަރު ސަތޭކަ ސާޅީސް ހަތަރު ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު އޭސީސީއަށް އެންގެވުމަށް އެއިދާރާއިން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވެސް ވެއެވެ.

ދެކުނު މަހާސިންތާގެ ބޭރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އިތުރަށް ހިނގި ހަތަރު ސަތޭކަ ސާޅިސް ހަތަރު، ރުފިޔާއަކީ ޓިކެޓް އަގުބޮޑުވެގެން އެމަނިކުފާނުގެ ހަށިފާރަވެރިޔާގެ ޓިކެޓް ނެގުމަށް ހިނގާފައިވާ ޚަރަދެކެވެ.

މަޖީލީހުގެ ޤަވާިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްޖަލްސާއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ. ނަމަވެސް އެއީ ދައުލަތުގެ ޚަރަދުގައި ކަމެއް ނުވަތަ ނޫންކަމެއް ކަނޑައެޅިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.