ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 06:37
0

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނި މިދިޔަ އަހަރުގެ 12 މާރިޗުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، އަންނަ މާޗްމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ހެލްތު މިނިސްޓަރު ނިންމާފައިވާކަމަށެވެ.

އާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާންކުރި ޤަރާރުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި 12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރ އޮފް ހެލްތުވަނީ އަންގަވާފައެވެ.

އެއްމެ ފަހުން މިދިޔަ މާރޗް މަހުގެ 4 ވަނަ ދުވަހު އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މިއާއެކު މި ޙާލަތު މިހާތަނަށް 13 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.