ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ މަގު، އެކަމާ ގުޅޭ އުސޫލު އާއްމުކުރުމާ އެކު މިއަދު ފަހިވެއްޖެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" ގެޒެޓުކޮށްފަ އެވެ. އެ އުސޫލު ގެޒެޓުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރާނެއެވެ. އެ ގަވާއިދުގައި ބުނެފައިވާތޮތުން ކައުންސިލަތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި ހަދަން އިކޮނިމިކް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ.
އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ހިއްސާގައި ބައިވެރިވުމާއި، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވެއެވެ. ނަމަވެސް އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދާން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނާންޖެހޭނީ، %20 އަށްވުރެ އިތުރުނުވާނެ މިންވަރަކަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ރަށު ކައުންސިލް ނަމަ އެ ކުންފުނީގެ ނަމަކީ އަތޮޅާއި ރަށުގެ ނަމެވެ. ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ އަތޮޅު ކައުންސިލް ނަމަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ނަން އަދި ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ސިޓީ ކައުންސިލެއް ނަމަ އެ ކައުންސިލެއް ނިސްބަތްވާ ސިޓީގެ ނަމެވެ.
ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކުރަން ހުށަހަޅާ ކޮންމެ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ އެވެ. ކޮންމެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަދަދު ލިޔެ ބަޔާންކުރާންވާނެއެވެ.
ގަވާއިދަށް އަމަލުކުރާން ފަށާއިރު، ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރީގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ވިޔަފާރި ހަރަކާތްތައް ހިންގާންވާނީ، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކޮށް، އެ ކުންފުނީގެ ދަށުންކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ
ކޮމެންޓު ފޮނުވާ