ނަޝީދު، ލަތީފަށް: އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް އަޅުގަނޑުގެ ތާއީދެއް ނެތް

ނަޝީދު، ލަތީފަށް: އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް އަޅުގަނޑުގެ ތާއީދެއް ނެތް

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 05:24
0

ހޮނިހިރު ދުވަހު ބޭއްވޭ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވަމުންދިޔަ ބަސް އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ "ގުޑް މޯނިން އައްޑޫސިޓީ ވިތު ލަތީބެ"ގެ ނަމުގައި ލަތީބެގެ ޓީމުން ކުރިއަށް ގެންދާ ޔޫޓިއުބް ޝޯގައި ލަތީފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމުންނެވެ.

ލަތީފްގެ ވާހަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚާބުގައި ތާއީދުކުރައްވާނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށް އެކަނިކަމަށެވެ. އަދި އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލީ ނިޒާރަށް އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުދީ ވޯޓުން ފޮށިތައް ފުރާލުމަށް ނަޝީދު ވަނީ އައްޑު ސިޓީގެ ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފައެވެ.

އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެެއްގެ ކެނޑިޑޭޓަކަށް އަޅުގަނޑުގެ ތާއީދެއްނެތް. އައްޑު ސިޓީގެ ހުރިހާ ވޯޓެއް އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އަލީ ނިޒާރު އަށް ދެއްވާ ވޯޓު ފޮށިތައް ފުރުއްވާލާތި.

– ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ މި އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ ބައެއް ކެނޑިޑޭޓުންނަށް އެމްޑީޕީން ތާއީދު ކުރާނެކަމަށް ބުނެ ދެއްކި ވާހަތަކަށްވެސް ދޮގުރައްވާފައެވެ. އަދި ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ތާއީދުވެސް އޮންނާނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމަށް ރައްވެހި ފަތިސް ޕްރޮގުރާމުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.