އުމަރު ޒާހިރު ހުޅުމާލޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށްފި

އުމަރު ޒާހިރު ހުޅުމާލޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 03:15
0

އުމަރު ޒާހިރު ހުޅުމާލޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ.

މިއަދު ހުޅުމަލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ބޭއްވި ހާއްސަ ހަފްލާގައި ހުޅުމާލެ ތަރައްޤީ ކުރެއްވުމުގައި އުމަރު ޒާހިރު ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް ހަވާލުކޮށް ދެއްވާފައެވެ. މި ފިލާ އުމަރު ޒާހިރުއާއި ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދެވެ.

ހުޅުމާލޭގެ ފަޅު ހިއްކުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވީ އުމަރު ޒާހިރާއި އަލްމަރްހޫމް ކޮލި އަލިމަނިކު ކަން "އުމަރު ޒާހިރުގެ ޚިދުމަތުގެ ހަނދާންތައް" ފޮތުގައި ލިއެފައިވެއެވެ. އެކަމާ، އޭރު ކެބިނެޓުގައި ތިއްބެވި ގިނަ ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ކަން ވެސް އުމަރު ޒާހިރުގެ ވާހަކަތަކުން ސާފުވެފައިވެއެވެ. އެ މަޝްރޫއު 1997 އާ ހަމައަށް ވެސް ނުފެށި އޮތީ ކެބިނެޓުގެ ގިނަ ބޭފުޅުންގެ ނުރުހުން ބޮޑުކަމުންނެވެ. މާ ބޮޑު ކަމެއް ވެގެނެއްނެއް ނޫނެވެ. އެއީ ދައުލަތުގެ ބަޖެޓުން ކުރާ ވަރަށް ވުރެ ބޮޑު ޚަރަދަކަށް ވާތީ އެވެ.

ހުޅުމާލޭގެ ފަޅުން ރަށެއް ހިއްކުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަޖެޓަށް ފުރަތަމަ ޖަމާކުރީ 10 މިލިއަން ރުފިޔާ އެވެ. ފުރަތަމަ މަސައްކަތް ފެށީ ކޮލި އަލިމަނިކުގެ މަސައްކަތުން ރާއްޖެ ގެނައި ކުޑަކުޑަ ޖައްރާފާއަކުންނެވެ.

މިއަދު ހުޅުމާލޭގެ ދެވަނަ ފޭސްވެސް ހިއްކައި، މީހުން ދިރިއުޅެމުންދައިރު ހުޅުމާލެއަށް އައިސްފައިވާ ތަރައްޤީއާއި ކުރިއެރުމަކީ މިކަން އެންމެ ފުރަތަމަ ޚިޔާލަށް ގެންނަވައި މިމަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް ހުޅުމާލެ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެވިފައިވަނީ އުމަރު ޒާހިރުގެ ބުރަ މަސައްކަތުންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.