ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓިދާނެ ކަމާއިމެދު ސުވާލު އުފެދިއްޖެ

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓިދާނެ ކަމާއިމެދު ސުވާލު އުފެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 01:49
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމާއިމެދު ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތައް ބެހެއްޓުމަށް މިހާރު ސުވާލުތަކެއް އުފެދިފައިވަކަމަށެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް މިއަދާއި ހަމައަށްވެސް ނުލިބޭކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ދެ ޤައުމަށް ގޮސް އިލެކްޝަނުން ބޭނުންކުރާ އޮފިޝަލުން ތަމްރީންކޮށް ދުރާލައި ތައްޔާރުވުމަށް ހުރަސް ތަކެއް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބި މިމަސައްކަތް ހުއްޓިފައިވަކަމަށެވެ.

މިއީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް އެޅިފައިވާ ވަރަށްބޮޑު ހުރަހެއްކަމަށް އިލެކްޝަނުން ބުނެއެވެ. މިކަމުގައި މިހާރުވެސް މަޝްވަރާ ކުރަމުންދާކަމަށާއި، ނަމަވެސް މިހާތަނަށްވެސް ކަމާއިބެހޭ ފަރާތްތަކުން ދޭންޖެހޭ ހުއްދަތައް ނުލިބޭކަމީ އޮތް ކަންބޮޑުވުމެއްކަމަށް އިލެކްޝަން ނުން ބުނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އަދި ސްރީ ލަންކާގައެވެ. ލަންކާގައި 4 ފޮށި ބހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންޑިޔާގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއްފޮޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.