ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކަކީ އަބަދުވެސް "ހިހޫ ތަނުން" ކައިގެން ހުންނަވަން ވަރަށް ފަރިތަ ބޭފުޅެއްކަމުގައި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ ފަހަކަށް އައިސް މޫސަ ވަރަށްބޮޑަށް އެމްޑީޕީއަށް ތާއީދުކޮށް، ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައެވެ. މޫސައަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި އިސްދައުރެއް އަދާކުރައްވައި، އިންތިޚާބު ނިމުމާއި ހަމައަށްވެސް ޕީޕީއެމްގެ އެކި ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ބޭފުޅެކެވެ.
މަލީހު ވިދާޅުވީ މޫސާ މަނިކަކީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދުކޮށް، އެވަރުގެ ބައެއް ނެތްކަމަށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަނީ "ހީހޫ ތަނުން ކައިގެން" ހުރެވޭތޯ ކަމުގައި މަލީހު ވިދާޅުވިއެވެ. ނަމަވެސް މޫސައަށް އަބަދުވެސް ނެންގެވެނީ ބަލިވާ ޓީމު ކަމަށާއި، ދުވަހަކުވެސް މޫސައަށް މޮޅުވާ ޓީމުގެ ފަޅިއަށް ނޭރޭކަމަށް މަލީހު ވިދާޅުވިއެވެ.
މިވާހަކަ ނުދައްކާ ވާހަކައެއް ނެތް. ދިވެހި ބަހުގެ ބޭނުންކުރާ މިސާލުބަސް "ހިހޫތަނުން ކެއުން" މިއަށްވުރެއް ރަނގަޅަށް ރަމްޒުކޮށްދޭ ކަމެއް ނުދެކެން. އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު އެމްޑީޕީ ވަރެއްނެތް. ޕީޕީއެމް ވެރިކަމަށް އައީމާ ޕީޕީއެމް އަށް ސޮއިކުރި. އަބަދުވެސް ބަލިވާ ޓީމުގައި. މިއީ ސިޔާސީ ޑީ ގްރޭޑް ކަންކަން.
– މަލީހު ވިދާޅުވިއެވެ.
Mivaahaka nudhakkaa vaakah neiy. Dhivehi bahuga beynunkuraa misaalubas "Hihoo thanun keun" miyahvure rangalhah ramzukoh dhey kameh nudheken. MDP verikamuga onna iru MDP vareh neiy. PPM verikamah aeema PPM ah soe kuri. Abadhuvas balivaa teamga. Miee siyasee D grade kankan. pic.twitter.com/0gLaHKugkO
— Mohamed Maleeh Jamal (@maleehjamal) April 2, 2021
އެމްޑީޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި މޫސާ މަނިކު އެމްޑީޕީން ދުރުކުރީ ރައީސް ނަޝީދުގެ ނުފޫޒުކަމަށް ޚުދުމު އޭނާ ވަނީ އެތައް ފޯރަމެއްގައި ވިދާޅުވެފައެވެ. މޫސަ ވަނީ މިފަހަރުގެ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި މިއިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރައްވާނެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ