ޤައުމީ ކެޕްޓަން އަލީ އަޝްފާޤުގެ ތާއީދު ޑރ.މުއިއްޒު އަށް

ޤައުމީ ކެޕްޓަން އަލީ އަޝްފާޤުގެ ތާއީދު ޑރ.މުއިއްޒު އަށް

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2021 11:00
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ދިވެހި ޤައުމު އެމީހަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ޤައުމީ ފުޓުބޯޅަ ޓިމުގެ ކެޕްޓަން އަލީ އަޝްފާޤު ތާއީދު އިދިކޮޅު ޕީޕީއެމްގެ ކެނޑިޑެޓް ޑރ.މުއިއްޒުއަށް ކުރުމަށް ނިންމައިފިއެވެ.

އަޝްފާޤު ޑރ،ުއިއްޒުއަށް ތާއީދު ކުރުމަށް ނިންމިކަން އިއުލާން ކޮށްފައިވަނީ މިރެއެވެ. އަޝްފާޤުގެ ނިންމުމާއި ގުޅިގެން ޑރ.މުއިއްޒު ވަނީ އަޝްފާގަށް ޝުކުރު ދަންނަވާފައެވެ. އަދި އޭނާއަކީ ޤައުމު އެމީހަކަށްޓަކައި އަބަދިވެސް ފަހުރުވެރިވާ ޤައުމީ ބަލަތްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މާލޭގެ މޭޔަރުކަމަށް އަޅުގަނޑަށް ތާއީދު ކުރެއްވުމަށްޓަަކައި، ޤާއުމު އެބޭފުޅަކަށްޓަކައި ފަހުރުވެރިވާ، ދެވަނައެއްނުވާ އަލީ އަޝްފާޤަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.

– މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.

ނަމަވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.