ކެންޑަލް މާރާލާނެ ކަމުގެ އިންޒާރު

ކެންޑަލް މާރާލާނެ ކަމުގެ އިންޒާރު

ކެންޑަލް ޖެނާ ރައްކާތެރިކުރުމަށްޓަކައި އެމެރިކާއިން ވަނީ މަލިކް ބައުކާ ކިޔާ މީހަކާ ދެކޮޅަށް ރީސްޓްރެއިނިން އޯޑަރެއް ނެރެފަ އެވެ. ސުޕަރ މޮޑަލް ކެންޑަލް ޖެނާ ކޯޓަށްގޮސް ރައްކާތެރިކަމަށް އެދިފައިވަނީ މިދިޔަ ހަފްތާގަ އެވެ.

ޓީއެމްޒީއިން ނެރުނު ހާއްސަ ބަޔާނެއްގައިވާ ގޮތުން މިމީހާއަކީ 24 އަހަރުގެ ޒުވާނެކެވެ. އެހެންނަމަވެސް ދީފައިވާ ރީސްޓްރެއިނިންގް އޯޑާރއަކީ ވަގުތީ އަމުރެކެވެ.

ކޯޓުގައި ކެންޑަލް ބުނެފައިވަނީ އެމީހާގެ އަމާޒަކީ އޭނާ މަރާލުންކަމަށް ލޮސް އެންޖެލަސްގެ ޕޮލިސް ޑިޕާރޓްމެންޓުން ބުނެފައިވާ ކަމަށެވެ. އޭނާ ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި މި މީހާވަނީ ކެންޑަލް މަރާލުމަށް ފަހު އަމިއްލައަށް މަރުވާން ނިންމާފައެވެ.

އަދި ހަމައެހެންމެ ފުލުހުންނަށް އެނގިފައިވާ ގޮތުގައި މި މީހާ މިވަގުތު ސައިކޭޓްރިކް ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާ ކަމަށާއި ވަރަށް އަވަހަށް ދޫކޮށްލުންވެސް އެކަށީގެންވާ ކަމަށްވެސް ކޯޓުގައި ކެންޑަލް ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ކެންޑަލްވަނީ ކަންބޮޑުވުމާއި އެންޒައިޓީގެ ޝިކާރައަކަށް ވެފައެވެ. އަދި އޭނާވަނީ މިފަދައިން ލިޔެކިއުން ތަކުގައިވެސް ބަޔާން ކޮށްފައެވެ. މިހާރުވެސް ކެންޑަލްގެ ގޭގައި ސެކިއުރިޓީ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަލިކް ބައުކާއަކީ ކެންޑަލް ދަންނަ މީހެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *