ޗައިނާ ސަފީރު މަޖިލިސް ރައީސްއާއި ބައްދަލު ކުރައްވައިފި

ޗައިނާ ސަފީރު މަޖިލިސް ރައީސްއާއި ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 12:51
0

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖަންގް ލީޖޮންގ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތް ިބައްދަލުވުމުގައި މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ އާއި، މަޖިލިސް އަމީންއާމުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މަޖިލިސް ރައީސްއާއިއެކު ބޭއްވުނު މިބައްދަލުވުމާއި ގުޅޭ މާބޮޑު ތަފްސީލެއް މަޖިލީހުން ހާމަކޮށްފައިނުވެއެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެކި ފޯރަމްތަކުގައި ޗައިނާއަށް އަމާޒުކޮސް ތަފާތުއެކި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ރައީސް ނަޝީދުވަނީ މިދިޔަ ހަފްތާގައި މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޗައިނާގެ ދަރަންޏާއި ގުޅޭގޮތުން ވަރަށް ވޮޑަށް ފާޑުވިދާލުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޗައިނާގެ ދަރަންޏަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންއަރައި ގަތުމަށް ކުރިމަތިވެފައިވާ އެންމެބޮޑު ހުރަސް ކަމަށެވެ.

ރައީސް ނަޝީދުގެ ބަހުގެ ހަމަލާތައް ޗައިނާއަށް އަމާޒު ކުރި ނަމަވެސް ޗައިނާއިން ދަނީ ރާއްޖޭގެ އެކި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.