ފަންނީ މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލާ މީހުންނަށް އެހެން މަޝްރޫޢަކުން ފުރުސަތު ހުޅުވާލައިފި

ފަންނީ މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލާ މީހުންނަށް އެހެން މަޝްރޫޢަކުން ފުރުސަތު ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 12:02
0

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލާ މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުވުވާލާފައިވާކަމަށެވެ.

އަދި، ސަރުކާރުން މިހާރު ދަނީ އެފުރުޞަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަބްރޫކް މިހެން ވިދާޅުވިއިރު، ހިޔާ މަޝްރޫއުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލާ މީހުންނަށް، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އެމަޝްރޫޢުގެ ދަށުން ހިމެނިފައިވާ ނަރުހުންނާއި ޑޮކްޓަރުންނަށް ޚާއްޞަ ކެޓަގަރީން ފެލްޓޭ ލިބުމަށް ޝަރުތު ހަމަވެ ފެލެޓް ލިބޭނެކަމަށް މިހާރު ސަރުކާރުން ކަނޑައަޅާފައިވާގޮތަށް މަޝްވަރާކުރުމަށްފަހު މިހާރު ލިބިފައިވާ ފްލެޓް ދޫކޮށްލުމަށް އެދޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އެންމެ އެކަށޭނެ ގިންތިއަކުން ފެލެޓް ނުވަތަ ހައުސިން ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން ފަންނީ މީހުންނަށް ދޭން ކަނޑައަޅާފައިވާ ފްލެޓްތައް އަތުލަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ އިއްޔެ ގޮވާލާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިން ގޮތާ ގުޅޭގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އޭނާ ވިދާޅުވީ ސޯޝަލް ހައުސިން ސްކީމެއްގެ އެންމެ އަސާސީ ކަމަކީ ދިރިއުޅުމުގެ ހާލަތު ބެލުން ކަމަށެވެ. އެހެން ނަމަވެސް ބައެއް ކެޓަގަރީތަކުން ފްލެޓްތައް ދިންއިރު ދިރިއުޅުމުގެ ހާލަތަށް ނުބަލަ އެވެ. އެފަދަ އެއްް ކެޓެގަރީއެއްގެ ގޮތުގައި އޭނާ ނެންގެވީ ޓީޗަރުންނާއި ނަރުހުން ފަދަ ފަރާތްތަކަށް ކަނޑައަޅާފައިވާ ފަންނީ މީހުންގެ ކެޓަގަރީއެވެ.

ފަންނީ މީހުންނަށް ދޭ ފްލެޓްތައް އަތުލަން ގޮވާލިއިރު ސިވިލް ސާވިސް ކެޓަގަރީން ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަތަށް 50 ޕޮއިންޓަށްވުރެ މަދުން މާކްސް ލިބިފައިވާ ފަރާތްތަކުގެ ފްލެޓްތައް ނުދޭން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުންފުނިތައް މެދުވެރިކޮށް އާންމުންނަށް ދޭން އޮތް އެއް ކޮޓަރީގެ ފްލެޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ފްލެޓްތައް ނުދޭން ނިންމުމުން މިހާރުވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.