ބިންވިއްކާ އިސްލާހާއި ގުޅިގެން ޔާގޫތުގޭގައި އީވާ ދެއްކެވި ވާހަކަ މަޖިލީހުގައި ދައްކަވަން ކެރޭނެތޯ ބުނެ އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އެޕާޓީ އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އިބްރާހީމް އިސްމާޢީލްގެ ސުވާލެއް މަޖިލިސް ނާއިބް ރައީސް އީވާ އަށް ކުރިމަތި ކުރުވައިފި އެވެ.
އިބްރާ އީވާއަށް އަމާޒުކޮށް ކުރެއްވި ޓްވީޓުގައި ވިދަޅުވީ މަޖިލީހުގެ ތަޅުމުގައި އެކި ވާހަތައް ދައްކަވާއިރު މީގެ ކުރިން ކަންކަން ހިނގައިދިޔަ ގޮތްވެސް މަޖިލީހުގައި ދައްކަން ނުކެރެނީ ކޮން ސަބަބާއި ހެދިކަން ހާމަކުރަންޖެހޭކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ބިން ވިއްކުމަށް މަޖިލިސް ތެރެއިން ކުރެވުނު މަސައްކަތާއި ގުޅިގެން އިބްރާ ވިދާޅުވީ މިއަދު މަޖިލީހުގައި ބިން މިލުކު ކުރުމާއި ގުޅޭގޮތޮތުންނާއި، ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާ މެމްބަރުން އެދުވަހުގެ މަތީން ހަނދާން ކޮށްލަންޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަން މާލޭ ރައްޔިތުންނަށް ހޯދުމަށް އެކި ރާގުގަގަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ މަޖިލީހުގައި ވާހަކަ ދައްކަވާއިރު، މާޒީގައި ޚާއްސަކޮށް ބިން ވިއްކުމާއި ގުޅޭގޮތުން ޔާގޫތުގޭގައި އިންނަވައި ދެއްކެވި ވާހަކަ މަތީން ހަނދާންކޮށްލުން ރަނގަޅު ވާނެކަމަށެވެ.
ޤާނޫނު އަސާސީއަށް ބިންވިއްކާ އިސްލާހަށް ވޯޓު ދިން ދުވަހެއްގެ ކުރީރޭ، އިއްތިފާޤަކުން އަޅުގަނޑަށް ޔާގޫތު ގެޔަަށް ވަދެވުނު. އެރޭ ޓެރަސްގައި ކަމަނާ އިންނެވިންތޯ؟ ރީތި މަޚުރަޖަކާއި ރާގެއްގައި އެރޭގެ ޔައުމިއްޔާވެސް މަޖިލީހުގައި ކިޔުއްވަ ބައްލަވާ.
– އިބްރާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް، މާލޭގެ ބޯހިޔާވަހިކަން ހާސިލްކޮށް ދިނުމަށް އެމްޑީޕީން ދަނީ ގިނަ ވައުފުތަކެއް ވަމުންނެވެ. ނަމަވެސް ވެރިކަމުގެ 2 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވިއިރު ބޯހިޔާވަހިކަމަށް އެއްވެސް މަސައްކަތެއް ނުކުރެވޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ