ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ހުރާގައިވެސް ހަރުކަށި ފިޔަވަޅުތަކެއް

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ހުރާގައިވެސް ހަރުކަށި ފިޔަވަޅުތަކެއް

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 09:15
0

ކ.ހުރާގައި ކޯވިޑުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ރައްކައުތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން އަޅައިފިއެވެ.

އެޗްޕީއޭއިން ވަނީ ކުރިއަށް އޮތް ހަތް ދުވަހަށް ހުރާގައި ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

1. ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން.

2. އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.

3. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

4. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

5. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

6. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

7. ކުޅިވަރު ގެ ހުރިހާ ހަރަ ކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

8. ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.

9. ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

މި ފިޔަވަޅު ތަކުން އިސްތިސްނާވާނެ ފަރާތްތަކަކީ:

1. ސިފައިންނާއި ފުލުހުން.

2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

3. އެމްބިއުލަންސް.

4. ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތައް.

5. އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯ ދާންޖެހޭ ފަރާތްތައް.

އެޗްޕީއޭއިން ވަނީ މިފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.