ކުރިން އުންމީދު ކުރިވަރަށްވުރެއް ރަނގަޅަށް ދައުލަތަށް ފައިސާވަދެއްޖެ: ސަރުކާރު

ކުރިން އުންމީދު ކުރިވަރަށްވުރެއް ރަނގަޅަށް ދައުލަތަށް ފައިސާވަދެއްޖެ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 02:51
0

މިއަހަރަށް ފައިސާވަންނާނެކަމަށް ކުރިންލަފާ ކުރި މިންވަރަށްވުރެވެސް މާބޮޑަށް ފައިސާ ވަންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބުރޫކް ވިދާޅުވީ ކޯވިޑް-19 އައި ގުޅިގެން މިއަހަރުގެ މިހާތަނަށް އުންމީދު ކުރިވަރަސްވުރެ ރަނގަޅަށް ރާއްޖެއަށް ފައިސާ ވަދެފައިވާކަމަށެވެ. އަދި އުންމީދު ކުރަނީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ މިސްރާބު ހުރި ގޮތަކަށްބަލާއިރު މިއަށްވުރެ މާބޮޑަށްވެސް ކުރިއަށް އޮތްތަނުގައި ރަނގަޅު ވެގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 85 އިންސައްތަ ރިސޯޓް އޮޕަރޭޝަނަށް ގެނެވިފައިވާކަމަށެވެ. އަދި މިއަހަރުގެ މިހާނަށް ކޮންމެ މަހަކުވެސް 90 ހާހުން މައްޗަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމީ ލިބޭ ވަރަށްބޮޑު ހިންހަމަ ޖެހުމެއްކަމަށެވެ.

ރާއްޖޭގެ އިޤްތިސާދީ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބަކަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް ޢަމީރުވެސް ރޭގައި ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރުތެރޭ ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް ރާއްޖޭގެ އިޤްތިސާދު 34 އިންސައްތަ ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރު ލަފާ ކުރެވެނީ ރާއްޖެއަށް މިއަހަރު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ކަމަށް މިނިސްޓަރ ޢަމީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.