އެޗްއާރުސީއެމްގެ މެމްބަރުކަމަށް އަނެއްކާވެސް ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމަށް އަނެއްކާވެސް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 01:35
0

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވައިލުމުން އެކަމަށް އެދިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެމްބަރު ކަަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ށ. ކޮމަންޑޫ، އޭރީސް / އައިޝަތު ލީޒާއަށް ރުހުން ލިބިފައި ނުވަނީ ކޮމިޓީން ކުރެވުނު އިންޓަރވިއުގައި އޭނާއަށް އެކަށީގެންވާ ވަރަށް ޖަވާބުދާރީ ނުވެވުމުންނެވެ.

ކޮމެޓީން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުތަކަށް ބަލާއިރުވެސް އިންސާނީ ހައްގުތަކުގެ ނަޒަރުން ލީޒާ އަށް ފުރިހަމަ އަށް ޖަވާބު ދެވިފައި ނުވާ ކަމަށް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ހައްގުތަކުގެ ބައިނަލްއަގުވާމީ ނިޒާމާއި ބައިނަލްއަގުވާމީ އުސޫލުތަކަށް ލީޒާ އަހުލުވެރި ނޫން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 އެޕްރީލް 11 އަދި 12 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެޗްއާރުސީއެމްގައި ތިއްބަވަނީ 5 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.