އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ބޭއްވޭ އިންތިޚާބަކީ ބާތިލް އިންތިޚާބެއް: ޖަމީލް

އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ބޭއްވޭ އިންތިޚާބަކީ ބާތިލް އިންތިޚާބެއް: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 09:56
0

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައިގެން ބޭއްވޭ އިންތިޚާބަކީ ޢައިރު ޒިންމާދާރު ބާތިލް އިންތިޚާބެއް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި "ނުހައްގުން ޖަލުގައި" މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ އިންތިޚާބަށް ހޭބޯނާރައި އެމްޑީޕީން މުޅި ރާއްޖޭގައި ކެމްޕެއިން ކުރަމުންދާއިރު، އިންތިޚާބާއި ކުރިމަތިލަނީ ދުނިޔެ ދަސްކޮށްދިން ޑިމޮކްރަސީއާއި ޚިލާފަށްކަމަށެވެ.

ދުނިޔޭގެ ޑިމޮކްރަސީތަކުގައި އިދިކޮޅު ލީޑަރު ޖަލަށްލައި، އިދިކޮޅު ހަރަކާތްތަކުގެ އަޑު ކަނޑުވާލައި، ރަށު ބަންދުގައި ބައިތިއްބާފައި އިންތިޚާބު ބޭއްވުމަކީ ޑިމޮކްރަސީއާއި ބީރައްޓެހި ކަމެއްކަމަށެވެ. އެމްޑީޕީއަށް އިންތިޚާބުގެ މުހިންމުކަމާއި އިންތިޚާބު ބާއްވާ ގޮތަކީ ކޮބައިކަން ނޭގުމަކީ ޑިމޮކްރަސީ ފުޑު ފުޑުކޮށްލަންޖެހޭ ކަމެއްނޫންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ޑރ.ޖަމީލް ވިދާޅުވީ ރާއްޖޭގެ މިހާތަނަށް ދުށް އެންމެބޮޑު ތަރައްޤީގެ ބާނީ ޖަލަށްލުމަށްފަހު އިންތިޚާބަކާއި ކުރިމަތިލާންވެސް އެމްޑީޕީން ލަދު ގަންނަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަން މާލެ ސިޓީއަށް އެކަނި ބަލައިލުމުންވެސް ހާމަވާނެކަމަށެވެ. މާލެ ސިޓީގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް އޮންނަތާ ތިން ދައުރު ވެގެންދާއިރު މާލެ ސިޓީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދިން ތަރައްޤީއެއް ނޫންކަމެއް ކައުންސިލަށް ކުރެވިފައި ނުވާކަމަށެވެ.

ޑރ.ޖަމީލް ވަނީ މިއިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ނުދެއްވައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.