މިއަހަރު ނިމުމުގެ ކުރިން މާލޭ ވިޔަފާރި ބަނދަރަކީ "އައިއެސްއޯ ސަޓިފައިޑް" ސަލާމަތީ ކަންކަން ބަލަހައްޓާ ސިސްޓަމެއް ޤާއިމްކޮށްފައިވާ ތަނަކަށް ހެދުމަކީ އަމާޒެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް އެމްޕީއެލްގެ ސީއީއޯ ޝާޙިދު ޢަލީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރުގައި ކުރެވޭ މަސައްކަތްތަކަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރާ މަސައްކަތަކަށް ހެދުމަށް އަބަދުވެސް ކުންފުނިން އިސްކަންދެއްވާކަމަށެވެ.
މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މާލޭ ވިޔަފާރި ބަނދަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސޭފްޓީ މެނޭޖްކުރެވޭތަނަކަށް ހެދުމަށްކަމަށާއި، މިކަމުގެ ތެރެއިން އެމްޕީއެލްގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ ހުޅުމާލެ ޓާމިނަލްގެ ސަލާމަތީކަންކަންވެސް ކަށަވަރުކުމަށް ނިންމާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
އަމާޒަކީ މިއަހަރު ނިމޭއިރު އެމްޕީއެލްއަށް އެސެޓިފިކެޓް ލިބޭގޮތްވުން.
– އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ދާދިފަހުން މާލެ ވިޔަފާރި ބަދަރު ސަރަހައްދުގައި ހިނގި ހިތާމަވެރި ދެ ޙާދިސާއެއްގައި 2 މީހަކު ނިޔާވުމާއި ގުޅިގެން އެ ބަނދަރު ޞަރޙައްދުގެ ސަލާމްތެރިކަމާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ޤަވާޢިދުތައް އިޞްލާޙުކޮށް، އައު ޤަވާއިދުތައް އެކުލަވާލައި ބަނދަރުގެ ތަނުގައި ހަރަކާތްތެރިވާ އެންމެނަށް ފުރިހަމަ ތަމްރީނު ދިނުމަށް ނިންމައި އެކަމުގެ ތައްޔާރީތައްދަނީ ވަމުންނެވެ.
ޝާހިދު ވިދާޅުވީ އެސެޓްފިކެޓް ލިބިގެންދާއިރު ލިބޭ އެންމެބޮޑު ހިންހަމަޖެހުމަކީ އެ އެހިސާބުން ފެށިގެން ސޭފްޓީ މެނޭޖްކުރުމުގެ ރަނގަޅު ހަރުދަނާ ސިސްޓަމެއް ލިބިގެންދާނެތީކަމަށެވެ. އެގޮތުން އައިއެސްއޯ ސެޓިފިކޭޝަންއާއެކު ގިނަ އޮޑިޓްތަކެއް ހެދި ޕްރޮސެސްތަކެއް އިތުރުވުމާއެކު، ޤާއިމްކުރެވޭ އިންތިޒާމުތައް ދެމެހެއްޓެނިވިގޮތެއްްގައި ކުރިއަށްގެންދެވޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ