އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންގެ ޙާލު، ރައީސް އޮޅުންފިލުވައިފި

އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންގެ ޙާލު، ރައީސް އޮޅުންފިލުވައިފި

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 08:20
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށާއި، ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދިޔުމާއި ގުޅިގެން، އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޅުންފިލުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކި ވަކިން މިރޭ ފޯނުން ގުޅުއްވައި، އެ ދެ ސިިޓީގެ އެންމެ ފަހުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ޙައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.