ތިން މީހުންނާ އެކު ދަތުރުކުރި ތެޔޮ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ

ތިން މީހުންނާ އެކު ދަތުރުކުރި ތެޔޮ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ

Author
މުޙައްމަދު ޝަޒައިމް
29 މާރޗް 2021 11:22
0

ތެޔޮ އުފުލާ ދޯންޏެއް، ތިން މީހުންނާއެކު މިއަދު ހެނދުނު އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފޭސް 2 އާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ދޯނި އަޑިއަށް ގޮސްފައިވާތީ އެ ސަރަހައްދުގައި އެމްއެންޑީއެފް މާލެ ސަރަހައްދުގެ ކޯސްޓްގާޑު ސްކެއަޑްރޮން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ދޯނީގައި ތިބި މީހުން ވަނީ ސަފާރީއަކަށް ނަގައިފަ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ރީނދޫ އެލާޓް ނެރެފައިވާތިވެ، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.