ރާއްޖޭގެ މޫސުން ގޯސްވެ 5 އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބ.އަތޮޅުން ފެށިގެން ޏ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
Alert Yellow for torrential rain, thunderstorms with strong winds of 25 – 30 mph, gusting to 55 mph and rough seas. pic.twitter.com/0ki2knA4GY
— Maldives Meteorology (@MetMaldives) March 29, 2021
މެޓް އޮފީހުން ވިދާޅުވީ މިސަރަޙައްދުތަކުގެ އިތުރުން، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގައި އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ.
މެޓް އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާކަމެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ