ވަރަށް ބޮޑަށް ރޯގާޖެހިގެން އުޅުއްވާތީ ކޯވިޑަށް ޓެސްޓްކުރެއްވުމުން ނަތީޖާ ކޯވިޑަށް ނެގެޓިވް ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަރިދަފުސް ރޯގާގެ އަލާމާތްތައް ވަރަށް ބޮޑަށް ހުރެ ރޯގާ ޖެހިގެން އުޅުއްވާތީ ކޯވިޑަށް ޓެސްޓް ކޮށްފައިވާކަަމަށެވެ. އަދި ނަތީޖާ މިހާރު ލިބިފައިވާކަމަށާއި، އެމަނިކުފާނު ކޯވިޑަށް ނެގެޓިވްވެފައިވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި މެމްބަރުން މިއަދު އެހާބޮޑަށް ކައިރިން ނޫޅުއްވައި ނޭވާވެސް ނުޖެހޭ ހިސާބުގައި ތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން މިހާތަނަށް 3 މެމްބަރަކު ކޯވިޑަށް ވަނީ ޕޮޒިޓިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމްއާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. މީގެ ތެރެއިން އާޒިމްވަނީ މިހާރު ބަލިން ރަނގަޅުވެ މަޖިލީހުގެ ޖަލްސާތަކުގައިވެސް ބައިވެރިވާން ފައްޓަވާފައެވެ.
ކޮމެންޓު ފޮނުވާ