އެކި ފަހަރު މަތިން އަމިއްލައަށް މަރުވާން މަސައްކަތް ކުރިން: ފްރޭންކީ ޖޯނަސް

އެކި ފަހަރު މަތިން އަމިއްލައަށް މަރުވާން މަސައްކަތް ކުރިން: ފްރޭންކީ ޖޯނަސް

Author
ފާތިމަތު ނާވީ
29 މާރޗް 2021 05:53
0

ނިކް ޖޯނަސްގެ ކޮއްކޮ ފްރޭންކްލިން ނުވަތަ ފްރޭންކީ ޖޯނަސް ވަނީ އޭނާ މަސްތުވާތަކެއްޗަށް ދެވިހިފައިވީއިރުގެ ވާހަކަތައް ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ. ސަޕޯޓަރަކު އޭނާއާ ކުރި ސުވާލަކަށް ޖަވާބު ދެމުން ފްރޭންކީ ބުނެފައިވަނީ އޭނާ ދިރިއުޅުން މަތިން ފޫހިވެ އަމިއްލައަށް މަރުވާންބޭނުންވި ކަމަށެވެ.

އެނާ ބުނެފައިވަނީ އޭނާ ވަރަށް ކުޑައިރުއްސުރެ ފެށިގެން މަސްތުވާތަކެތި ބޭނުން ކުރަން ފެށިކަމަށެވެ. އަދި މިއީ އޭރު އޭނާ ދިރިއުޅުން މަތިން ފޫހިވެ މިތަނުގައި (ދުނިޔޭގައި) އުޅެން ބޭނުނުން ނުވާތީ ކުރި ކަމެއް ކަމަށް ވެސް ފްރޭންކީ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ އެކި ފަހަރު މަތިން އޭނާ އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރިކަމަށެވެ.

ފްރޭންކީ ބުނެފައިވަނީ މިހާރު ކުރީގެ ގޮތްތައް ދޫކޮށްލާ އޭނާއަކީ މުޅިން އާ މީހެއްކަމަށެވެ. އޭނާގެ ދިރިއުޅުން މިހާރު ވަރަށް އުފާވެރި ކަމަށާއި މުޅިން ބަދަލުވެފައި ވާކަމަށްވެސް ފްރޭންކީ ވަނީ ބުނެފައެވެ. އަދި އޭނާ މިހާރު ދިރިހުރިކަމާމެދު އުފާ ކުރާކަމަށް ފްރޭންކީ ވަނީ ބުނެފައެވެ.

ފްރޭންކީއަކީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އަދި މިވަގުތު އޭނާ ދަނީ ކޮލަމްބިއާ ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުންނެވެ. އެލެންގެ ޝޯއެއްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ޗޯޕްރާ ބުނެފައިވަނީ ނިކްގެ ކޮއްކޮ އަދި ބޭބެއިންގެ ތެރެއިން އޭނާގެ އެންމެ "ފޭވްރިޓް" މީހަކީ ފްރޭންކީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.