2014 ވަނަ އަހަރު ރިތިކް ރޯޝަނާއި ސުޒާން ޚާން ވަނީ ވަކިވެފަ އެވެ. ނަމަވެސް މި ދެމީހުންނަށް ލިބިފައިވާ ދެ ފިރިހެން ދަރިން ބެލުމުގައި އަބަދުވެސް މިދެމީހުން ނަމޫނާ ދައްކަ އެވެ.
އެގޮތުން އާއިލާއާއެކު ރިތިކް އަބަދުވެސް "ކޮލިޓީ ޓައިމް" ހޭދަކުރުމަށް އިސްކަންދެ އެވެ. އެގޮތުން އޭނާގެ ކުރީގެ އަންހެނުން ސުޒާން އާއި ދަރިންނާއި އެކުގައި ހުކުރު ދުވަހު ފިލްމެއް ބަލަންވަނީ ގޮސްފަ އެވެ. މީގެ އިތުރުން ސުޒާން ޚާންގެ ބޭބެ ޒައިދު ޚާންވެސް މި މީހުންނާއި އެކުގައި ފެނިފައިވެއެވެ.
ހުކުރު ދުވަހު ނޫސްވެރިންނަށް ރިތިކްގެ އާއިލާ ފެނިފައިވަނި ސަބާބްސްގެ ތިއޭޓަރެއް ކުރިމަތިންނެވެ.
އާއިލާ އެކުގައި ތިއޭޓަރުން ނުކުއިތް ވަގުތު ނަގާފައިވާ ފޮޓޯ ތަކުން ރިތިކާއި އާއިލާއިން، ކޯވިޑް19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިކަން ފާހަގަ ވެއެވެ. އެގޮތުން އެންމެންވެސް ތިބީ މާސްކު އަޅައިގެންނެވެ. ސުޒާން ފެނިފައިވަނީ ތަފާތު ހެއާ ސްޓައިލެއްގަ އެވެ. އޭނާ ވަނީ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފަ އެވެ.
ސުޒާން ފެނިގެން ދިއައީ ފުލް ބްލެކް ބޮޑީކޯން ހެދުމެއްގައި، ހުދު ކުލައިގެ ޓެނިހެއްގަ އެވެ. ރިތިކް ހުރީ އަޅި ކުލައިގެ ހޫޑީއެއްގަ އެވެ. މި އެންމެން ތިއޭޓަރުން ނުކުމެގެން ގޮސްފައިވަނީ އެއް ކާރުގައެވެ.
One Response
Fahuge anhenun nakee kaaku baa