ބެންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މ. މުލީގައި ސެލްފް ސަރވިސް ބެންކިންގެ ހިދުމަތް ދޭންފަށައިފި އެވެ.
މުލީގައި މިއަދު ހުޅުވި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރާއެކު ބެންކުގެ ބްރާންޗަކަށް ދާންނުޖެހި، ފަސޭހަ ކަމާއެކު އެރަށު މީހުނަށް ބެންކިންގ ހިދުމަތް ލިބިގެންދާނެއެެވެ.
މުލީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުގައި ގާއިމްކޮށްފައިވާ ދެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
Today we are taking further steps to support our community with the opening of a new Self Service Banking ATM Centre in M. Muli.
Individuals and businesses can now make cash deposits, withdrawals and transfer money conveniently at any time. pic.twitter.com/vfnF605yf0
— Bank of Maldives (@bankofmaldives) March 26, 2021
މިދިޔަ އަހަރު ބެންކުންވަނީ 10 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބެންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބެންކިން ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބެންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 67 ސެލްފް ސަރވިސް ބެންކިންގ ސެންޓަރ، 128 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް މިހާރު ބީއެމްއެލްގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.