މީޑިއާނެޓްގެ ޕޯސްޓާއެކު ލިވަޕޫލް ސަޕޯޓަރުން ރަތަށް!

މީޑިއާނެޓްގެ ޕޯސްޓާއެކު ލިވަޕޫލް ސަޕޯޓަރުން ރަތަށް!

ގުޅުންހުރި

އިނގިރޭސި ފުޓުބޯޅަ ކުލަބް ލިވަޕޫލްގެ ނަމާއި ލޯގޯ ބޭނުންކޮށްގެން މީޑިއާނެޓުން ތައްޔާރުކޮށް އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގެ ސަބަބުން ރާއްޖޭގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރުމުން މީޑިއާނެޓްގެ ޕޯސްޓް ނަގައިފި އެވެ.

މިމައްސަލައާ ގުޅިގެން ރާއްޖޭގައި އޮންނަ ލިވަޕޫލްގެ އޮފިޝަލް ފޭން ކްލަބުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. ފޭން ކްލަބްގެ ބަޔާނުގައި ބުނެފައި ވަނީ މީޑިއާނެޓް ފަދަ ކުންފުންޏަކުން މިފަދަ ސޯޝަލްމީޑިއާ ޕޯސްޓެއް ކުރުމަކީ ދަށުދަރަޖައިގެ އަމަލެއްކަމަށާއި ރާއްޖޭގައި ތިބި ލިވަޕޫލްގެ ފޭނުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

އަދި ސަމާސާ އާއި މަޖަލުގެ ތެރެއިންވެސް ލިވަޕޫލަށް ނޫނީ އެހެންވެސް ފުޓްބޯޅަ ކުލަބަކަށް ނިސްބަތްކޮށް އެފަދަ ޕޯސްޓެއް އެއްވެސްބަޔަކު އާންމުކުރުމަކީ ރާއްޖޭގެ ލިވަޕޫލް އޮފިޝަލް ފޭން ކްލަބުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާނެޓްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިހާރު އެ ޕޯސްޓް ޑިލީޓް ކޮށްފައިި ވީނަމަވެސް ދައުރުވަމުންދާ ސްކްރީން ޝޮޓްރަކުގައި ވާގޮތުން މި ޕޯސްޓަކީ މިދުވަސްވަރު ސޯޝަލްމީޑިއާގައި އެންމެ ގަދައަށް ބަހުސްކުރެވޭ ތިކިޖެހި ތާނައިގެ ބަހުސްއާ ގުޅުވައިގެން ހަދާފައިވާ ޕޯސްޓެއްކަން އެނގެއެވެ. އެގޮތުން ލިވަޕޫލްގެ ނަމުގައި ތިކިޖަހާފައި އޮންނަ "ޕ" އިން ތިކި ކަންޑާލުމުން ކިޔޭނީ "ލިވަފޫލް" ކަމަށް މިޕޯސްޓްގައި ވަނީ ލިޔެފައެވެ.

ރާއްޖޭގެ އެކިކެކި ކުންފުނިތަކުން ސޯޝަލް މީޑިއާ މާކެޓިންގައި، އެވަގުތެއްގައި ސޯޝަލް މީޑިއާގައި އެންމެ ހިނގާ މައުލޫތަކަކަށް ނޫނީ ކަންކަމަށް ރިއާޔަތްކޮށް ޕޯސްޓްތައް ހަދައިގެން ބޭނުންކުރާކަން ފާހަގަކުރެއެވެ. ނަމަވެސް މީޑިއާނެޓަށް މިފަހަރު މި "މާކެޓިންގ ޓޫލް" ބޭނުންކުރެވުނީ އެންމެ ރަނގަޅަށް ކަމަކަށް ނުބެލެވެއެވެ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ފުޓުބޯޅައިގާ ނަންވިދާ ކްލަބްތަކަށް ވަރަށް ވާދަވެރިކަމާއި، ފޯރިއާއެކު ސަޕޯޓްކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި ގައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ