ފުވައްމުލަކުން ފުރައިގެން މާލެއަށް ދަތުރުކުރަމުންއައި "އެމް5″ ނަމަކަށްކިޔާ ބޯޓު ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓު ދިޔަވާކަމުގެ މައުލޫމާތު މިއަދު 15:06 ގައި ލިބުނު އިރު ބޯޓު އޮތީ ގއ. ވިލިނގިލީ އިރުއުތުރުން 1 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.
އަދި މިހާރު ސަދަން އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަނުން ބޯޓަށް އެހީވުމަށް ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހާދިސާ ހިނގިއިރު ބޯޓުން 9 މީހުން ދަތުރުކުރަމުންދިޔަ އެވެ.
މި ބޯޓު އެހެން އުޅަނދެއްގައި ކަފުޖަހައިގެން މިހާރު ވިލިނގިއްޔަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ