ކާޑު ގަތުމަށް ގެރެންޓީ ދިނުމުން އެނގުނީ ރައީސް ޞާލީހްގެ ލީޑާޝިޕަށް ޤައުމުތަކުން އިތުބާރު ނުކުރާކަން

ކާޑު ގަތުމަށް ގެރެންޓީ ދިނުމުން އެނގުނީ ރައީސް ޞާލީހްގެ ލީޑާޝިޕަށް ޤައުމުތަކުން އިތުބާރު ނުކުރާކަން

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 05:25
0

ރާއްޖެއަށް ބޭނުންވާ ކާޑު ގަތުމަށް ސޮވެރިން ގެރެންޓީދޭ ހިސާބަށް ދިޔުމުން އެނގުނީ ޤައުމުގެ ނިކަމެތި ހާލަތާއި، ރައީސް ޞާލިޙްގެ ލީޑާޝިޕަށް ޤައުމުތަކުން އިތުބާރު ނުކުރާ މިންވަރުކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މ.ސިއްތިމާވަ1 ކިޔާ ބަންޑާރ ގޯއްޗެއް ދައުލަތުގެ ބެލުމުގެ ދަށަސް ނެގުމާއި ގުޅިގެން އެ ސިޓީ ޓްވިޓޤގައި ހިއްސާކުރައްވަމުންނެވެ. ޝިޔާމް ވިދާޅުވީ، ފިނޭންސް މިނިސްތަރ އަމީރު ކޮންމެ ދުވަހަުވެސް ކުރައްވާކަމަކީ ރައީސް ޔާމީން ބިނާކޮށްދެއްވި25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލުމުގެ މަސައްކަތްކަމަށެވެ.

ކާޑުކޮޅު ގަންނަނ ސޮވެރިން ގެރެންޓީދޭ ހިސާބަށް ދިޔާމަ އެނގުނީ ޤައުމުގެ ނިކަމެތި ހާލަތާއި، ރައީސް ޞާލިޙްގެ ލީޑާޝިޕަށް ޤައުމުތަކުން އިތުބާރު ނުކުރާކަން. މިހާރުވެސް ކޮންމެ ދުވަހަކު6:30 ގަ ފިނޭންސް މިނިސްޓްރީ ހުޅުވައިގެން އިބްރާހީމް އަމީރު ކުރައްވަނީ ދަރުުމަވަންތަ ވިއްކާލުމުގެ މަސައްކަތް. 

– ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ބޭސް ގެނައުމަށް އެސްޓީއޯ އިން ނެގި ލޯނަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާކަން ވަނީ ހާމަވެފައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުގައި ހޮންގްކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަން، މާލެ އިން ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ލޯނަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ ގެރެންޓީ ދޫކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯގެ އިތުރު ދެ ލޯނަކަށް ވެސް ސަރުކާރުން ސަރުކާރުން ގެރެންޓީ ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ބޭހާއި ކާބޯތަކެތި ހޯދުމަށް ނެގި 15 މިލިއަން ޑޮލަރުގެ ލޯނަކާއި، ގޭހާއި ތެޔޮ ގަތުމަށް އެ ބޭންކު މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނެކެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު މަަޝްވަރާ ކުރަމުންދާކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.