ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުގައި ހިނގި ހާދިސާއާއި ގުޅިގެން ޝާހިދުގެ ހަމްދަރުދީގެ މެސެޖެއް

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުގައި ހިނގި ހާދިސާއާއި ގުޅިގެން ޝާހިދުގެ ހަމްދަރުދީގެ މެސެޖެއް

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 03:49
0

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުލް މޮމެންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ބަލުޚާލީ ކޭމްޕްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބައެއްގެ ގެދޮރާ ފުރާނަ ގެއްލި އަދި ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކީގައި ކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ރެފިއުޖީންނާއި ބަންގްލަދޭޝްގެ ސަރުކާރަށް ހަމްދަރުދީ އާއި ތައުޒިޔާ ފޮނުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކަން ފުރިހަމައަށް ގެންދަވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ގެއްލުން ލިބުން ފަރާތްތައް މިކަމުން ވީހާވެސް އަވަހަށް އަރައިގަނެވޭނެކަމަށް އުއްމީދުކުރައްވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.