ތިލަފުށީގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އަލިފާން ރޯވެ އަނދަމުންދަނީ ތިލަފުށި އެމްޓީސީސީ ސައިޓާއި ޖެހިގެން އޮތް ސައިޓްގައިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބޯޓެއްގައިކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ 14:07 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ކޮމެންޓު ފޮނުވާ