މަލީހު ދެއްކެވީ އަސާސެއް ނެތް ވާހަކަތަކެއްކަމަށް ކޮމިޓީން ނިންމައިފި

މަލީހު ދެއްކެވީ އަސާސެއް ނެތް ވާހަކަތަކެއްކަމަށް ކޮމިޓީން ނިންމައިފި

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 02:45
0

ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަގާއި ވޯޓު ނެގި ދުވަހު، އެ މައްސަލައަށް ޖަވާބުދާރީވަމުން މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީވެސް މަޖިލީހުން ބިރު ދެއްކުމުން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ. އަދި ފުރުޞަތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީއަށް އެ މައްސަލަ ފޮނުއްވާފައެވެ. އަދި އެ ކޮމިޓީއަށް މިދިޔަ ހޯމަ ދުވަހު މަލީޙު ޙާޒިރުކޮށް މެންބަރު ސުވާލު ކުރައްވާފައިވެއެވެ. އެދުވަހު ކޮމިޓީގައި މަލީހު ވަނީ އޭނާ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ ޤާނޫނީ އިމުން ބޭރުންކަމަށްބުނެ، ޤާނޫނުގެ ބައެއް މާއްދާތަށް ވިދާޅުވެ، އެމާއްދާތަކާއި ގުޅޭ ސުވާލުތައް ކުރިމަތިކޮށްފައެވެ.

މަލީހުގެ މިތުހުމަތުތަކާއި ގުޅިގެން މިއަދު ބޭއްވުނު އިމްތިޔާޒު ކޮމިޓީގައި މެމްބަރުންވަނީ މިކަމުގެ ތަފްސީލް ހޯދުމަށް އެދި ސުވާލުކޮށްފައެވެ. ނަމަވެސް މަލީހު ވަނީ މިސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް ބުނެފައެވެ. އަދި ތަކުރާރުކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ސުވާލު ކުރެއްވުމުންވެސް މަލީހު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ކޮމިޓީއަށް ހާޒިރު ކުރެވުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

މަލީހުގެ މައްސަލަ ބެލުމަށްފަހު ކޮމިޓީން ވަނީ މަލީހ މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވަހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް މިއަދު ކަނޑައަޅާފައެވެ.

އިމްތިޔާޒް ކޮމިޓިގެ މުޤައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ، މަލީހު ކޮމިޓީއަށް ޙާޒިރުކޮށް، އެކަމާއި މެދު ކޮމިޓިގެ މެންބަރުން ސުވާލުކުރުމުން އެކަމާއި ގުޅޭގޮތުން އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައި ނުވާތީ، އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކައެއް ކަމަށް ނުފެންނާތީ އެގޮތަށް ނިންމީކަމަށެވެ. ކޮމިޓިގެ މި ރިޕޯޓް ދެން ފޮނުވާނީ މަޖިލީހުގެ ރައީސްއަށެވެ.

މަލީހު މަޖިލީހަސް ޙާޒިރުކޮށް ހިންގާ ތަހުގީގަކީ، މަޖިލީހުގެ ރައސް ޒާތީ ގޮތުން ކުރިއަށް ގެންދަވާ މައްސަލައެއްކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތުކުރައްވައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

m mariya
kaley menaa hoyaal thafaatu vaa konme meehaku dhkaa vaahaka akee ves asaase ne vaa haka qdhi e mee hakee ves thaakun thaaku nuje hey ee he bulha majlis