މިއަދު ވެކްސިން ޖެހީ 2،202 މީހުން

މިއަދު ވެކްސިން ޖެހީ 2،202 މީހުން

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 11:15
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން މިއަދު 2،202 މީހަކު ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހީ 1،451މީހުންނެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހީ 751 މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 222،970 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 124،678 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 98،292 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި އަންނަނީ ވެކްސިން ޖަހާ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވަކްސިން ޖަހަމުންނެވެ. އެއީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. މީގެ ކުރިން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. ނަމަވެސް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ހުސްވުމުން މިހާރު ޖަހަމުން އަންނަ ސިނޮފާމް ވެކްސިނަކީ ޗައިނާއިން ހަދިޔާކުރި ވެކްސިނެވެ.

ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.