އެމްޑީޕީގެ އަސާސަކީ މާލޭ މީހުން ގެދޮރުވެރިކުރުވުންކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވުމުން، އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އެޕާޓީ އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އިބްރާހީމް އިސްމާޢީލް (އިބުރާ) ރައީސް ނަޝީދަށް ރައްދުދެއްވާ ފާޑުވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި މާފަންނު އެމްޑީޕީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އެންމެ ފުރަތަމަ އުފެދިގެންއައި އަސާސްއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ގެދޮރުވެރިކޮށް ދިނުންކަމަށެވެ.
މާލޭގެ ރައްޔިތުންނަށާއި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ މަސައްކަތަކީ ދިވެި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އުފެދިގެން އައި އަގީގީ އަސާސް.
ރައީސް ނަޝިދުގެ އެވާހަކަފުޅަށް ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުވިދާޅުވަމުންނެވެ. އެވާހަކަފުޅަށް ރައްދުދެއްވަމުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، އެމްޑީޕީ އުފެއްދުމަށް އެމަނިކުފާނު ޤުރުބާންވީ ޕާޓީގެ އަސާސަކީ ރައްޔިތުންގެ ހައްޤާއި، އަދުލުވެރިކަމާއި،ހަމަހަމަކަން އޮތްކަމަށް ކަނޑައަޅައިގެންކަމަށެވެ. މިއީ އެމަނިކުފާނުގެ އަތުން ލިޔުއްވި އެމްޑީޕީގެ އަސާސީ ޤަވާއިދުގައި އޮންނަ ގޮތްކަމަށެވެ.
އަހަރެން އެމްޑީޕީ އުފައްދަން ޤުރުބާންވީ ޕާޓީގެ އަސާސަކީ ރައްޔިތުންގެ ހައްޤާއި، އަދުލުވެރިކަމާއި،ހަމަހަމަކަން އޮތްކަމަށް ކަނޑައަޅައިގެން. ޕާޓީ އުފައްދަން މަގޭއަތުން ލިޔުނު އަސާސީ ޤަވާއިދުގައި އޮންނާނީ އެހެން.
– އިބްރާހީމް އިސްމާޢީލް
ނަމަވެސް މިއަދު އެ އަސާސް ބަދަލުވެ، އެޕާޓިގެ އަސާސަކީ މާލެ މީހުން ގެދޮރުވެރިކުރުވުންކަމަށް ބަދަލުވީ ކޮންއިރަކުތޯ އިބުރާ ސުވާލުކުރެއްވިއެވެ. އަދި ޕާޓީގެ އަސާސްއަކީ އެވަގުތަކު ޕާޓިގެ ރައީސްކަމުގައި ހުންނަ މީހަކު ޕޯޑިއަމްގައި ބުނާ އެއްޗެއްތޯވެސް އިބުރާ ސުވާލުކުރެއްވިއެވެ.
މިއަދު މި އިވުނު އަޑަކީ އެމްޑީޕީގެ އަސާސަކީ މާލެ މީހުން ގެދޮރުވެރިކުރުވުން ކަމަށް. ކޮން އިރަކުބާ މިބަދަލު އައީ؟ އެވަގުތަކު ޕާޓީގެ ރައީސްކަމުގައި ހުންނަ މީހަކު ޕޯޑިއަމްގައި ބުނާއެތި އެއީ ޕާޓިގެ އަސާސް؟ ކޮބާ ކޮންގްރެސް؟ ޕާޓީއަށް ފާޑުކިޔަން ޖެހިގެން މިއުޅެނީ މިހެންވެގެން.
– އިބްރާހީމް އިސްމާޢީލް
ރައީސް ނަޝީދުގެ ވާހަކަފުޅަށް އެމްޑީޕީގެ ކޮމިޓީގެ ނައިބު މުގައްރިރުކަމުން ދުރުކުރި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވެސް ވަނީ ރައްދު ދެއްވާފައެވެ. ޝުއައިބު ވިދާޅުވީ، އެމްޑީޕީގެ އަސާސްއަކީ މާލެ މީހުން ގެދޮރުވެރިކުރުވުންކަމަށް ވިދާޅުވާން ރައީސް ނަޝީދު ލަދުގަންނަން ޖެހިވަޑައިގަންނަވާނެކަމަށެވެ.
Mihen bunan Ladhuves gane:
“Mulhi dhuniyeyga Male’ meehuney kiyaigen Anni @MohamedNasheed amayeyy kiyaabala”@MDPSecretariat @anasabdulsattar @aliaazim @BondeM4 @boadhigu @HassanLatheef @evattey @ibusolih pic.twitter.com/2hFm8QY29c
— Shuaib Ali ?? (@ShuaibMaldives) March 23, 2021
ރައީސް ނަޝީގެ އެ ވާހަކަފުޅަށް އެމްޑީީޕީގެ ވަރށް ގިނަ ބަޔަކުވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރައްވާ ފާޑުވިދާޅުވަމުންނެވެ. ރައީސް ނަޝިދު މިއަދު ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ދުރު ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ