އިންޓަރނެޓް އަގުބޮޑުކޮށް ސްޕީޑް ހިފަހައްޓައިގެން ހުރީ މަލީހު ނޫންކަން އެނގިއްޖެ: މެޒޯ މޯޑް

އިންޓަރނެޓް އަގުބޮޑުކޮށް ސްޕީޑް ހިފަހައްޓައިގެން ހުރީ މަލީހު ނޫންކަން އެނގިއްޖެ: މެޒޯ މޯޑް

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 08:25
0

އިންޓަރނެޓްގެ އަގު ބޮޑުކޮށް ސްޕީޑް ދަށްކޮށް ހިފަހައްޓަާއިގެން ހުރީ ކުރީގެ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ނޫންކަން އެނގިެއްޖެކމަށް އެމްޑީޕީގެ މެންބަރު އަދި މަޝްހޫރު ލަވަކިއުންތެރިޔާ މުޙައްމަދު މަޖީދު (މެޒޯ މޯޑް) ބުނެފިއެވެ.

މެޒޯ މޯޑް މިހެން ބުނެފައި މިވަނީ، އިންޓަރނެޓް ސްޕީޑް މަތިކޮށް އަގު ހެޔޮކުރުމަކީ ސަރުކާރުގެ ވާއުދަކަށް ވާއިރު، އެކަން ނުކުރީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙްކަމަށް ބައެއް އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން ބުނެފައިވަނިކޮށެވެ. ކުރީގެ ވަޒީރު މަލީޙް ވިދާޅުވެފައިވަނީ އިންޓަރނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާކަމށެވެ. މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ކަންކަން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާފައިވާކަމަށް ވިދާޅުވެފައިވެއެވެ. އިންޓަރނެޓްގެ އަގުހެޔޮ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ވާހަކަ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުން އަދި ދައްކާފައެއް ނުވެއެވެ.

ސަރުކާރުން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ 2021 ގައި ކުރާނެކަމަށެވެ. ނަމަވެސް މިސަރުކާރު އައުމަށް ވީ ވަޢުދު ނުފުއްދޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން އަންނަނީީ މިނިސްޓަރ މަލީހު ދުރުކުރުމުންވެސް އިންޓަރނެޓްގެ އަގު ހެޔޮވެއްޖެތޯ ސުވާލުކުރަމުންނެވެ.

ދެކުނު އޭޝިއާ ސަރަހައްދުންވެސް އިންޓަރނެޓްގެ ސްޕީޑް އެންމެ ދަށް އަދި އަގުބޮޑު ޤައުމަކީ ރާއްޖެކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޟ ޟަދުގ
ތިކަން އެގުނު ކަން ހަމަ ނަސީބު އަހަރެމެންނަށް ތިކަން ކަށަވަރު ވިތާ ކިތައްމެ ދުވަހެއް.. އައްނި ގެ ކަމަކީ ކަމެއް ނުކުރެވޭއިރަށް މައުމޫނު ނުވަތަ ގާސިމް ބޮލަށް ތުޅާގަނޑު ޖަހައި ރައްކާވަނީ..