ރ.އުނގޫފާރަށް ދަރުކުރި ބަޔަކު މާލެ އަތޮޅު ދިއްފުށިން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވެސް މޮނިޓަރިންއަށް ލައިފިއެވެ. ދިއްފުށި މޮނިޓަރިންއަށް ލާފައިވަނީ އެރަށުން ދެ މީހަކު ޕޮޒިޓިވް ވުމުންނެވެ. އެއީ އެއް އާއިލާއެއްގެ ދެމީހުންނެވެ. އެ ދެމީހުން ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އުނގޫފާރަށް ދަތުރުކުރި ދިއްފުށީ މީހުން ކޯވިޑަށް ޓެސްޓްކުރުމުންނެވެ.
އެރަށުން 2 މީހުން ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެޗްޕީއޭއިން ވަނީ މިމަހުގެ 2 ގެ ފަހުން އުނގޫފާރަށް ދަތުރުކުރި އެންމެން ކަރަންޓީންވުމަށް އަންގާފައެވެ. އަދި އެކަން ސިއްޙީ ޚިދުމަތްދޭ ތަނަކަށް ވީހާވެސް އަވަހަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އުނގޫފާރަށް ދަތުރުކުރި ދިއްފުށީގެ 31 މީހަކު ވަނީ ކަރަންޓީންވެފައެވެ. އުނގޫފާރުން ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށްވެސް މޮނިޓަރިންއަށް ލާފައިވާއިރު މިއަދު ވަނީ ނައިފަރުވެސް މޮނިޓަރިންއަށް ލާފައެވެ. އެރަށްވެސް މޮނިޓަރިންއަށް ލީ އުނގޫފާރަށް ދަތުކުރި މީހަކު ޕޮޒިޓިވްވުމުންނެވެ.
ކޮމެންޓު ފޮނުވާ