ހުޅުމާލޭގައި 7 ބުރީގެ އޮފީސް ޢިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި 7 ބުރީގެ އޮފީސް ޢިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 05:54
0

ހުޅުމާލޭގައި 7 ބުރީގެ އޮފީސް ޢިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

ހަތް ބުރީގެ އޮފީސް ޢިމާރާތެއް ޢިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ، ވެސްޓޯރ ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. އެކުންފުންނާއި އެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ. އަދި ވެސްޓޯރގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ.

ހުޅުމާލޭގައި އަލަށް ހަދާ މި އޮފީސް އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު N2-31a ގައެއެވެ. އެއީ ފޭސް އެކެއްގެ ސެންޓްރަލް ޕާކު ކައިރިއެވެ. 7 ބުރިއަށް ހަދާ އެ އިމާރާތް އެޅުމަށް 3664.79 އަކަފޫޓުގެ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ.

އެޗްޑީސީން މިއަދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފަސް ބުރީގެ އޮފީސް ޢިމާރާތެއް އެޅުމަށް ރެއިންބޯ ކޮންސްޓަރކްޝަނާއި ހަވާލުކޮށްފައެވެ. އެއީ އޮފީސް ބައި ހިމެނޭހެން ޕާކިންއާއި، ވިޔަފާރިއަށް ޖާގަ ދީގެން ޢިމާރާތްކުރާ އޮފީސް ޢިމާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.