ކޮތަރު ހިމެނޭހެން 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

ކޮތަރު ހިމެނޭހެން 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 05:37
0

ރާއްޖޭގައި އުޅޭ ކޮތަރުގެ ތިން ބާވަތެއް ހިމެނޭހެން 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފިއެވެ.

ދޫނީގެ އެބާވަތްތައް ހިމާޔަތްކުރުމާއި ގުޅިގެން، އެތަކެތި ހިފުމާއި ގެންގުޅުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ. އެތަކެތި ހިމާޔަތްކޮށްފައިވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރުގެ އިތުރުން ރާބޮނދި އާއި މާދޫނި، ބޮނޑަނަ، ފިނދަނަ، ކިރު ދޫނި، ބާޒު އަދި ބަކަމޫން ހިމެނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ދޫނިތައް ހިމާޔަތްކުރީ ރާއްޖެއަކީ ދޫނި ހިޖުރަކުރާ ވަގުތީ މަންޒިލަކަށް ވާތީ އެ ތަކެއްޗަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ. އެ ދޫނިތައް ހިމާޔަތްކުރުމުން އެ ހިފުމާއި ގެންގުޅުމާއި ގޯނާކުރުމާއި އެއްވެސް ގޮތަކަށް ބޭނުންކުރުން ވެސް މަނާވާނެއެވެ.މީގެ އިތުރުން ދޫނީގެ އެ ބާވަތްތައް ނިދަން އަރާ ހާލި ފަދަ ތަންތަނަށް ގެއްލުން ދިނުންވެސް ޤާނޫނުގެ ދަށުން މަނާވާނެއެވެ.

ހިމާވަތްކޮށްފައިވާ ދޫންޔާއި ދިރޭތަކެތީގެ ބާވަތްތައް ހިފާ ގެއްލުންދީފިނަމަ އެފަރާތެއް ޖޫރިމަނާކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.