ނައިފަރުން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ނައިފަރުން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 05:21
0

ޅ.ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

ނައިފަރުން ޕޮޒިޓިވްވެފައިވަނީރ.އުނގޫފާރަށް ދަތުރުކޮށްފައިވޭ މީހެކެވެ. އެޗްޕީއޭއިން ވަނީ އުނގޫފާރަށް މިމަހުގެ 2 ގެ ފަހުން ދަތުރުކޮށްފައިވާ މީހެއްވާނަމަ ކަރަންޓީންވުމަށް އަންގާފައެވެ. އަދި އެފަދަ ފަރާތެއްވާނަމަ ސއްޙީ ޚިދުމަތްދޭ ތަނަކަށް ވީހާވެސް އަވަޖަށް އެންމެގުމަށް އެދިފައެވެ.

ނައިފަރުން ޕޮޒިޓިވްވި މީހާއާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމށް ނައިފަރު ކައުންސިލުން ބުންޏެވެ.

ނައިފަރުން ޕޮޒިޓިވް ވެފައިވަނީ އެރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 20 މީހަކު  ވަނީ ދެނެގަނެވިފައެވެ. އަދި އުނގޫފާރަށް ދަތުރުކުރި 60 މީހަކު ވަނީ ކަރަންޓިން ކުރެވިފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.