ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވުމަށް ފަސްކޮށްފިއެވެ.
ކޯވިޑް-19ގެ ފިޔަވަޅުތަކާއި ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ޢާންމު ކޮމިޓީން ކުރިއަށްގެންދިޔަ މަސައްކަތުގައި ވަނީ، މަޖިލީހުގެ މެންބަރުންނަކީ މަޖިލީހުގެ މަސައްކަތުގެ ގޮތުންނާއި ދާއިރާގެ ކަންކަމުގައިވެސް ކޮންމެ ވަގުތެއްގައިވެސް ބޭރުގައި އުޅެންޖެހޭ ބަޔަކަށް ވާތީ، އުޅަނދު ދުއްވުން މަނާގަޑީގައި، މަޖިލީހުގެ މެންބަރުން އިސްތިސްނާވާގޮތަށް ހެދުމަށް ނިންމާފައެވެ. އެގޮތަށް ބަޔަންކޮށް މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވަން ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ މެންބަރުންގެ އިއްތިފާޤުންނެވެ.
ކޯވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމައެކު ފެތުރޭތީ، ރޭގަނޑު10:30ގެ ފަހުން ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ބެހެއްޓުމަށާއި، ރޭގަނޑު 6 އިން ފަތިހު 6ކަށް ދުއްވާ އެއްޗެހި ނުދުއްވޭގޮތަށް ހެދުމުގެ އިތުރުން ރޭގަނޑު 11 ގެ ފަހުން މަގުމައްޗަށް ނުނިކުމެވޭގޮތަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
ކޮމެންޓު ފޮނުވާ