ޑީއާރުޕީން ވާދަކުރާނީ އެންމެ ކެނޑިޑޭޓެއް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރާނީ ޑީއާރުޕީން: ޖާބިރު

ޑީއާރުޕީން ވާދަކުރާނީ އެންމެ ކެނޑިޑޭޓެއް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރާނީ ޑީއާރުޕީން: ޖާބިރު

Author
މުޙައްމަދު ޖިމީ
23 މާރޗް 2021 02:52
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޑީއަރުޕީން ވާދަކުރާނީ އެންމެ ކެނޑިޑޭޓެއްކަމަށާއި، މި އިންތިޚާބު ޑީއަރުޕީއިން %100 ކާމިޔާބުކުރާނެކަމަށް ޑީއަރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހމަ ފުރުޞަތު ނުލިބޭކަމަށް ވިދާލުވެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށައެޅުއްވި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ޖާބިރު ވިދާޅުވީ، ރާއްޖެއަށް ލާމަރުކަޒީ ނިޒާމަކީ މުހިންމު ނިޒާމެއްކަމށެވެ. އެގޮތުން ޤާނޫނު އަސާސީގައި ރާއްޖެ ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ބަޔާންކުރާކަމަށާއި، އެ ނިޒާމުން ރާއްޖެ ހިންގުމަށް ހޮވަންޖެހޭނީ އެންމެ ޤާބިލް މީހުންކަމަށެވެ. ރާއްޖޭގެ ކައުންސިލްތައް ހިންގަނީ ރައްޔިތުންގެ ފައިސާއިންކަމަށާއި، އެހެންކަމުން ކައުންސިލްތައް ފުރިހަމަ މާނާގައި އޮޕަރޭޓްކުރެވޭނީވެސް ޤާބިލް މީހުން ކައުންސިލްތަކަށް ހޮވައިގެންކަމަށް ޖަބިރު ވިދާޅުވިއެވެ.

އޭނާ ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ޑީއާރުޕީން ވާދަކުރަނީ އެންމެ ކެނޑިޑޭޓެއްކަމަށް ވިދާޅުވެ، އެ ކެނޑިޑޭޓް ހޮވޭނެކމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބު ޑީއާރުޕީން%100 ކާމިޔާބުކުރާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ޑީއާރުޕީން އެންމެ ކެނޑިޑޭޓެއް މިފަހަރު މިލީވެސް. އިރާދަފުޅުކުރެއްވިއްޔާ އެ ކެނޑިޑޭޓް ހޮވޭނެ. އަޅުގަނޑުމެން 100% އިންތިޚާބު ކާމިޔާބުކުރާނަން.

– ޢަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ޑީއާރުޕީން ތާޢީދުކުރާނީ އެމްޑީޕީއަށްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.