ރީޖަނަލް އެއާޕޯޓްސްގެ ކޮންސަލްޓެންޓަކަށް މޫސާ ޞާލިހު

ރީޖަނަލް އެއާޕޯޓްސްގެ ކޮންސަލްޓެންޓަކަށް މޫސާ ޞާލިހު

Author
ޢަލީ އާދަމް
23 މާރޗް 2021 11:32
0

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އާރްއޭސީގެ ކޮންސަލްޓެންޓަކަށް ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ގިނަދުވަހު ހިދުމަތްކުރައްވާފައިވާ އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު، މޫސާ ޞާލިހު ހަމަޖައްސައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒުވީ ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ރިޒްވީ ވިދާޅުވީ މޫސާ ޞާލިހު ފަދަ ދާއިރާގެ ތަޖްރިބާކާރެއް ކުންފުނީގެ ކޮންސަލްޓެންޓަކަށް ހަމަޖެއްސުމަކީ ކުންފުންޏަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މޫސާ ޞާލިހަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް އަށް 39 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެފަހުން އަދާކުރެއްވި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މޫސާ ޞާލިހަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ބޮޑުބޭބޭ ފުޅެކެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގައި ހުރި ސަރަހައްދީ އެއަރޕޯޓްތަށް ވިޔަފާރި އުސޫލުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.