އަލްހާން، ޑރ.ޝަހީދަށް: ނުރަސްމީ މަސައްކަތަކީ އެއިރެއްގަ އޮންނަ ސަރުކާރެއް ބަދުނާމް ކުރުންތޯ؟

އަލްހާން، ޑރ.ޝަހީދަށް: ނުރަސްމީ މަސައްކަތަކީ އެއިރެއްގަ އޮންނަ ސަރުކާރެއް ބަދުނާމް ކުރުންތޯ؟

Author
މުޙައްމަދު ޖިމީ
22 މާރޗް 2021 08:16
0

ނުރަސްމީ މަސައްކަތަކީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކަރެއް ބޭރު ދުނިޔޭގައި ބަދުނާމުކުރިންތޯ ސުވާލުކުރައްވާ، އދ. ގެ ސްޕެޝަލް ރެޕަޓުއާއެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަހުމަދު ޝަހީދަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

މާލޭގައި އިދިކޮޅުން ކުރާ މުޒާހަރާ ކަމާގުުންހުރި ފަރާތްތަކުން ރޫޅާލާ މީޑިއާއަށް ހުރަސް އެޅުމާއި ގުޅޭގޮތުން ޑރ.ޝަހީދު ހިއްސާކުރެއްވި ކިޔުމާއި ގުޅިގެން އަލްހާން ވަނީ ކޮންމެ ސަރުކާރެއް ބޭރު ދުނިޔޭގައި ބަދުނާމު ކުރުމަކީވެސް ޑރ.ޝަހީދަށް މުސާރަ ލިބޭ މަސައްކަތެއްތޯ ސުވާލު ކުރައްވާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެމްޑީޕީ ކޯލިޝަން ވެރިކަންވެސް ހަޖަމު ނުވިތޯ އަލްހާން ސުވާލުކުރެއްވިއެވެ.

ޑރ.ޝަހދު ވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ. ޑރ.ޝަހީދު އަންނަނީ ރާއްޖޭގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދަޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.