މިނިސްޓަރ ނަސީމް ހިމެނޭހެން އުނގޫފާރަށް ވަޑައިގެންނެވި ވަފްދު ކަރަންޓީން ވުމަށް އިދިކޮޅުން ގޮވާލައިފި

މިނިސްޓަރ ނަސީމް ހިމެނޭހެން އުނގޫފާރަށް ވަޑައިގެންނެވި ވަފްދު ކަރަންޓީން ވުމަށް އިދިކޮޅުން ގޮވާލައިފި

Author
ޢަލީ އާދަމް
22 މާރޗް 2021 02:46
0

ރ. އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައި ވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އެރަށް މޮނިޓަރިންއަށް ލައި މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރުން ފުރި މީހުން ކަރަންޓީން ވާން އެޗްޕީއޭ އިން އެންގި ނަމަވެސް އެ މުއްދަތުގައި އެ ރަށަށް ވަޑައިގަތް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާ ސަރުކާރުގެ ވަފުދުގެ ބޭފުޅުން ކަރަންޓީނު ވެފައި ނުވާތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބަޮޑުވުން ފާޅުކޮށްފި އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި ބައެއް މަޖިލިސް މެމްބަރުންވެސް ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ ބޭފުޅުން މި މާރޗްމަހުގެ 8 ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާވެސް ބައްދަލުކޮށް އެރަށުގައި ޙަރަކާތްތެރި ވެފައިވާކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުން ކަރަންޓީނުވާން ނާންގާތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވާ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އުނގޫފާރުގައި ކޯވިޑް 19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށްވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުންވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާއިރު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

ހެލްތު މިނިސްޓަރ ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ ވަފްދެއް މިމަހުގެ 8 ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެންނެވީ އެރަށުގައިހުންނަ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް، ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ. އަދި އެ ވަފްދުގެ ބޭފުޅުންވަނީ ހަމަ އެދުވަހު އެރަށުން ފުރާވަޑައިގެންފައެވެ.

އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަފްދު ބައިވެރިވެވަޑައިގަންނަވަނީ

އެޗްޕީއޭއިން އަންގާފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ފަހުން ރ. އުނގޫފާރަށް ގޮސްފައިވާ މީހެއްވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުވުމަށެވެ. މިހެން ކަމަށްވާނަމަ ސަރުކާރުގެ އެ ވަފްދު ކަރަންޓީންވާން ޖެހޭ މުއްދަތު މިހާރުވަނީ ފަހަނަ އަޅާފައެވެ.

ހާއްސަ ހުއްދައިގެ ދަށުން ކުޅުދުށްފުށްޓަށް ދަތުރުކުރި މީހަކު މީގެކުރިން ޕޮޒިޓިވްވީ ކަމާއި، ހަމަ އެފަދަ ހުއްދައެއްގެ ދަށުން އައްޑޫ ސިޓީއަށް ދަތުރުކުރި ބައެއްގެ ފަރާތުން އެސިޓީގައި މީގެކުރިން ކޮވިޑް ފެތުރި އެތައް ބަޔަކު ޕޮޒިޓިވް ވެ އެސިޓީއަށް އަރައިފޭބުން މަނާކޮށް އެތަށްގިނަ ދަތިތަކެއް މީގެކުރިން ކުރިމަތިވީކަންވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.