މިއަދު ވެކްސިން ޖެހީ 267 މީހުން

މިއަދު ވެކްސިން ޖެހީ 267 މީހުން

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 10:34
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން މިއަދު 267 މީހަކު ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ޖަހާފައިވަނީ އަތޮޅުތެރޭގެ ރަށްތަކުގައި އެކަންޏެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 218،912 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 121،630 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 97،282އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހާ ނިންމާ މާދަމާ ޗައިނާގެ ސިނޮފާމް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ސިނޮފާމްގެ ފުރަތަމަ ޑޯޒް 6 ސެންޓަރެއްގައި ދިނުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.